Friday, January 18, 2013

ބަކުރުބެ ސްރީ ލަންކާއަށް


ބަކުރުބޭ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދެވިދާނެކަމަށް 17 ޖެނުއަރީ، ބުރާސްފަތި ދުވަހު ހޮސްޕިޓަލުން ބުނެފައިވެއެވެ. އެހެންކަމުން އާއިލާގެ ފަރާތުން މިހާރު މަސައްކަތް ކުރަނީ ވީ އެންމެ އަވަހަކަށް ބަކުރުބެ
ސްރީލަންކާއަށް ގެންދިއުމަށެވެ.
ފާއިތުވީ ދެތިން ހަފްތާއެއްގެ ތެރޭގައި ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވިފައި ވިޔަސް އެއާރ އެމްބިއުލާންސެއްގައި ނޫން ގޮތަކަށް ބަކުރުބޭ ނުގެންދެވޭނެ ކަމުގައި ހޮސްޕިޓަލުން ތަކުރާރުކޮށް ބުނެފައިވެއެވެ. އަދި އެއީ ބަކުރުބޭގެ ސިއްހީ ޙާލަތު މިވަގުތު ހުރިގޮތުން ކަމުގައި ވެއެވެ. ނަމަވެސް ޢާއްމުކޮށް ދަތުރު ކުރާ މަތިންދާ ބޯޓެއްގައިވެސް ބަކުރުބޭ ބޭރަށް ގެންދިއުމުގެ ފުރުޞަތު އޮތްކަމަށް ބުރާސްފަތި ދުވަހު ބުނެ، އެކަމުގައި ހޮސްޕިޓަލުން އެހީތެރިކަން ދެމުން ގެންދެއެވެ. ވީމާ، މިހާރު ކުރެވެމުން ދަނީ އިތުރު ފަރުވާ ހޯދުމަށްޓަކައި ބަކުރުބެ ސްރީ ލަންކާއަށް ގެންދިއުމުގެ ތައްޔާރީތަކާއި އިންތިޒާމްތަކެވެ.

1 comment:

  1. AAWW.. bakurubeah ALLAHge russevumaai fussevun minvarukuravvai emme heyogoiy minvarukuravvaaShi! aameen! bakurubeyge AAILAA ah keththerikan dhevvai medhunukenDi bakurubeahTAkai KHIDHUMAITH KOH eheetherivumugai Harakaaththerivaa emmenah abadhume keththerikamaai dharuma minvarukuravvaashi..AAMEEN!

    ReplyDelete