Saturday, January 12, 2013

ބަކުރުބެއަށް އިތުރު ފަރުވާ ދިނުން

ބަކުރުބެ މިހާރު އޮތް ޙާލަތުން މާބޮޑު އިތުރު ފަރުވާއެއް ދެވެމުން ނުދާކަމުގައި ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ވާހަކައިން އެނގެއެވެ. އަދި މިތަނުން ދެން އިތުރަށް ދޭނެ ފަރުވާއެއް ނެތްކަންވެސް ހާމަވެއެވެ. ނަމަވެސް ބަކުރުބޭގެ ލޭގެ ޕްރެޝަރު މޮނިޓަރ ކުރުމާއި، ނޭވާލުމުގައި މެޝިނުގެ އެހީތެރިކަން ދިނުމާއި، މިހާރު އޮތް ގޮތުން ދޭންޖެހޭ އިންޖެކްޝަންތަކާއި، ކާންދިނުމާއި، ސާފުތާހިރުކޮށް ބޭއްވުމާއި، އަދި މި ނޫނަސް އެފަދަ ބަލި މީހަކަށް ދެވެމުންދާ އެކިއެކި ޚިދުމަތްތަކާއި އެހީތެރިކަން ހޮސްޕިޓަލުގެ ވަސީލަތްތައް ހުރި މިންވަރަކުން އޯގާވެރިކަމާއެކު ދެއްވަމުން ގެންދަވާކަމުގައި ޢާއިލާއިން ޝުކުރުވެކަމާއެކު ބަލައިގަނެއެވެ.
ބަކުރުބޭގެ ޢާއިލާއަށް މިވަގުތު ފެންނަނީ ބަކުރުބެއަށް އިތުރު ފަރުވާއެއް ދެވެން އޮތީ ރާއްޖެއިން ބޭރަށް ގެންގޮސްގެން ކަމުގައެވެ. އަދި ރާއްޖެއިން ބޭރުގެ ރަނގަޅު ހޮސްޕިޓަލަކަށް ގެންދެވިއްޖެނަމަ މުހިއްމު ބައެއް ޓެސްޓުތަކާއި، އިތުރު ފަރުވާ ދިނުމުގެ ފުރުޞަތު ނުހަނު ބޮޑުކަން ޑޮކްޓަރުންނާއި ނަރުހުންގެ ވާހަކައިންވެސް އެނގެއެވެ. އެހެންކަމުން ބަކުރުބޭގެ ޢާއިލާއިން މިވަގުތު އެންމެ ބޭނުންވަނީ ވީހާވެސް އަވަހަކަށް ބަކުރުބޭ ރާއްޖެއިން ބޭރަށް ގެންދެވި ދެވެންއޮތް ފަރުވާއަކީ ކޮބައިތޯ ބަލައި އެފަރުވާއެއް ދޭން ފެށުމެވެ

No comments:

Post a Comment