ބަކުރުބެއަށް ވީ ކިހިނެއް؟


23 ޑިސެމްބަރ، އާދީއްތަ ދުވަހު ހަވީރު އިތުރު ފަރުވާއަށް މާލެ އައުމަށްޓަކައި ލޯންޗް ފުރަން ތައްޔާރުވަންދެން ބަކުރުބެ ވޭންގައި މަޑުކޮށްލައިގެން.
 ---------------------

މީހުންގެ އެހީތެރިކަމާއެކު ބަކުރުބެ ލޯންޗައް އަރަން "ހިނގާފައި" ދަނީ

-----------------------------------------------------------------

21 ޑިސެމްބަރ 2012، ހުކުރު -- މެންދުރު 12:00
ޅ.އަތޮޅު ހޮސްޕިޓަލް (ނައިފަރު) ގައި ބަކުރުބެ އެޑްމިޓް ކުރެވުނު. ބަކުރުބެ އެޑްމިޓް ކުރެވުނީ ވާތުފައިގެ ކަކުލު ހުޅުން ފެށިގެން ތިރިއަށް އެކީ އެކައްޗަކަށްހެން ދުޅަވެ އެކަމުގެ ވޭންތައް ބޮޑުވުމުގެ ސަބަބުންނެވެ.
ނައިފަރު ހޮސްޕިޓަލްގައި ފަރުވާދެވެމުން ދިޔައިރު މާލެ ދިއުމުގެ ވާހަކަ ދެކެވި އަންގާރަ ދުވަހު މާލެ ދިއުމަށް ތައްޔާރުތައް ވަމުން ގެންދެވުނެވެ.
23 ޑިސެމްބަރ، އާދީއްތަ – ހަވީރު 5:50
އިމަޖެންސީކޮށް ބަލިމީހަކު މާލެ ގެންދާ ލޯންޗަކުން ދަތުރު ހަމަޖެހި މާލެދިއުމަށްޓަކައި ނައިފަރުން ފުރުވާލެވުނެވެ.
އަދި އެރޭ މާލެ ގެނެވި އައި.ޖީ.އެމް.އެޗް.ގައި އެޑްމިޓް ކުރެވި ފަރުވާ ދޭން ފެށުނެވެ.
27 ޑިސެމްބަރ ބުރާސްފަތި
މެންދުރުފަސް: މެންދުރުފަހުން ފެށިގެން ކުޑަކަމުދިއުމުގެ އުނދަގޫތަކެއް ޖެހި ކުޑަކަމު ނުދެވޭގޮތް ދިމާވިއެވެ. އަދި އެދުވަހުގެ އިރުއޮއްސިގެން ދިޔައިރުވެސް އެކަމަށް ލުޔެއް ނުލިބުނެވެ. 
ރޭގަނޑު 7:23، ނޭވަޔަށް އުނދަގޫކޮށް ބަކުރުބެއަށް ހާޓް އެޓޭކްއެއް ޖެހުނެވެ. އެއާއެކު ބަކުރުބޭގެ ޙާލު ސީރިއަސްވެ އައި.ސީ.ޔޫގައި ފަރުވާދޭން ފެށުނެވެ. އައި.ސީ.ޔޫގައި ފަރުވާދެވެމުން ދަނިކޮށް ދެތިން ދުވަސްފަހުން ބަކުރުބޭގެ ހާލު މަޑުމަޑުން ރަނގަޅުވަމުން އައިސް 31 ޑިސެމްބަރ އިން ފެށިގެން އަނެއްކާވެސް ޙާލު ދެރަވެއްޖެއެވެ. އަދި އެދުވަހުއްސުރެ ބަކުރުބޭ އޮތީ އައި.ސީ.ޔޫގައި ވަރަށް ނާޒުކު ޙާލަތެއްގައެވެ.

އިތުރު ފަރުވާއެއް ދިނުމަށް ރާއްޖެއިން ބޭރަށް ގެންދެވޭތޯ ޢާއިލާއިން ބޭނުންވި ނަމަވެސް ބަކުރުބޭގެ ޙާލު މިވަގުތު ދަށްކަމުން ޢާއްމު ކޮމާޝަލް ފްލައިޓެއްގައި ގެންދެވޭވަރަށް ވުރެ ޙާލު ބޮޑުކަމަށް ހޮސްޕިޓަލުން ބުނެއެވެ. އަދި ބަކުރުބޭ ބޭރަށް ގެންދާނަމަ "އެއާރ އެމްބިއުލާންސް"ގައި ގެންދެވިދާނެ ކަމުގައިވެސް ހޮސްޕިޓަލުން ބުނެއެވެ.
އެއާރ އެމްބިއުލާންސް ޚިދުމަތަކީ ޑޮކްޓަރުންނާއި ނަރުހުންނާއެކު، އައި.ސީ.ޔޫގައި ލިބޭ ޚިދުމަތްތަކާއެކު ޗާޓަރުކުރެވޭ މަތިންދާ ބޯޓަކަށް ވާތީ މިފަދަ އިންތިޒާމެއް އަދި މިވަގުތު ހަމަޖެއްސެން ނެތުމާއެކު ބަކުރުބޭ އަދި އޮތީ އައި.ޖީ.އެމް.އެޗްގެ އައި.ސީ.ޔޫގައެވެ.
ރާއްޖެއިން ބެރަށް ގެންދެވޭނެތޯ ނުވަތަ ނޫންތޯ އުފެދިފައިވާ ސުވާލުމާކު އަދި އޮތީ އޮތްގޮތަށެވެ

No comments:

Post a Comment